Close

ފަރެސްމާތޮޑާ އެއާޕޯޓު އަންނަ އަހަރު ކުރީކޮޅު ނިމޭނެ: އާޒިމް

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހު ކަމަށެވެ.

"މުޅި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ" އާޒިމް ވިދާޅުވިއެވެ.

އޭނަަ ވިދާޅުވި ގޮތުގައި މިހާރު އެއާޕޯޓުގެ ގްރައުންޑް މަސައްކަތްތައް ނިންމާލައިފައެވެ. އެގޮތުން، ގްރައުންޑް މަސައްކަތްތަކުގެ ދަށުން ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔާ ޕެޑް އަދި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މީގެ ކުރިން އަމާޒު ހިފީ މިއަހަރުގެ ތެރޭގައި އެ އެއާޕޯޓުގެ މަސައްކަތް ނިންމާލަން ކަމަށެވެ. ނަމަވެސް އެއާޕޯޓުގެ މަސައްކަތްތައް ލަސްވީ، ކޮވިޑުގެ ސަބަބުން ބޭރުން މުދާ ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top