Close

އުރީދޫ 5ޖީ އެއާ ފައިބަ ޕެކޭޖުތަކަށް ބޮޑު ބަދަލުތަކެއް

އުރީދޫ އިން އެ ކުންފުނީގެ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއާ ފައިބަ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މިއާއެކު އެއާ ފައިބަ ޕެކޭޖުތަކުގެ ސްޕީޑް ވެސް ކުރިއަށް ވުރެ އަވަސްވާނެ ކަމަށް އުރީދޫން ބުންޏެވެ.

މިއީ ހައި ސްޕީޑް އިންޓަނެޓް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، 5ޖީ އެއާފައިބައާއެކު، ހައި ސްޕީޑުގެ އިތުރުން އިންޓަނެޓާ ކަނެކްޓް ކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

5ޖީ އެއާ ފައިބަ ޕެކޭޖުތަކަށް ގެނައި ބަދަލު:

- 749ރ. ގެ ޕެކޭޖު: 300ޖީބީ/ ތްރޮޓަލް ސްޕީޑް: 2އެމްބީޕީއެސް

- 999ރ. ގެ ޕެކޭޖު: 500ޖީބީ/ ތްރޮޓަލް ސްޕީޑް: 2އެމްބީޕީއެސް

- 1499ރ. ގެ ޕެކޭޖު: 750ޖީބީ/ ތްރޮޓަލް ސްޕީޑް: 2އެމްބީޕީއެސް

- 1999ރ. ގެ ޕެކޭޖު: 1024ޖީބީ/ ތްރޮޓަލް ސްޕީޑް: 5އެމްބީޕީއެސް

- 2999ރ. ގެ ޕެކޭޖު: 1536ޖީބީ/ ތްރޮޓަލް ސްޕީޑް: 5އެމްބީޕީއެސް

- 5999ރ. ގެ ޕެކޭޖު: 4000ޖީބީ/ ތްރޮޓަލް ސްޕީޑް: 5އެމްބީޕީއެސް

މިހާރު ތިިބި ކަސްޓަމަރުންނާއި އަލަށް އެއާ ފައިބަ ނަގާ ކަސްޓަމަރުން ނަގާ ޑިވައިސް އަށް ހާއްސަ އޮފާއަކާއެކު ހަލުވި ސްޕީޑާއެކު މި ޕެކޭޖުތަކުގެ ބޭނުން ހިފޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ވަނީ އެ ކުންފުނީގެ 5ޖީ އެއާ ފައިބަ ދުރު ރަށްރަށާއި ގޭގައި މަސައްކަތް ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން އެއް އަހަރު ދުވަހުގެ އެއްބަސްވުމަކާއެކު ޑިވައިސް ޕްލޭނެއް ވެސް ތައާރަފު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top