ގދ. ތިނަދޫގައި ހުންނަ ކޮވިޑް މެނޭޖްްމަންޓް ފެސިލިޓީގައި ކޮވިޑަަށް ފަރުވާ ހޯދަމުންދިޔަ 89 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މި ބަލީގައި ނިޔާވެފައިވަނީ އެރަށު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މީހާ ނިޔާވީ މިއަދު ހަވީރު 16:52 ގައި ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މިއީ ތިނަދޫގައި މި ބަލި ޖެހިގެން ނިޔާވި 4 ވަނަ މީހާ އެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 228 ވަނަ މީހާއެވެ.






