Close

14 ދުވަސް ފަހުން ގައްދޫ އަނެއްކާވެސް ކޮވިޑް ކޭސް އެއް

Gadhdhoo island in Gaafu Dhaalu Atoll, Maldives

ގދ ގައްދޫ އިން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ އަނެއްކާވެސް އެރަށުން ކޮވިޑް ކޭސް އެއް ފެނިއްޖެ އެވެ.

ގައްދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ އޮފިސަރ އާމިނަތު ރަޝީދާ ނޫސްތަކަށް މައުލޫމާތު ދެއްވި ގޮތުގައި މި ކޭސް އަކީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކޮވިޑްގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށެވެ.

ޕޮިޮޒިޓިވްވި މީހާގެ ނަތީޖާ ލިބިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ވިދާޅުވަމުން ރަޝީދާ ވިދާޅުވީ މިހާރު ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން އެކި ފަހަރު މަތިން ގައްދޫ މޮނިޓަރިން އަށް ލާފައިވާއިރު މި ފަހަރު މޮނިޓަރިންގް އަށް ލާފައިމިވަނީ މޮނިޓަރިންގ އުވާލައި އާއްމު ހާލަތަށް އެރަށް ގެނައިތާ 14 ދުވަސް ތެރޭގައެވެ.

އެގޮތުން އެފަހަރު އެރަށް މޮނިޓަރިންގް އަށް ލެވުނީ ފުވައްމުލަކު ސިޓީއިން އެރަށަށް ދަތުރުކުރި ފަރާތެއް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. އަދި އެ ކޭސްއާއި ގުޅިގެން އިތުރު 7 މީހަކު ވަނީ އެރަށުން ޕޮސިޓިވް ވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top