މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން ޖެހޭ 30.5 މިލިއަން ރުފިޔާ ނުދައްކާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކައުސިލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ހިދުމަތް ދިނުމުގައި އާއްމު ހިދުމަތްތަކުގެ އަގުތަކަށްވުރެ ކުޑަ އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން މިހާތަނަށް ގިނަ އަދަދެއްގެ ބިލުތައް ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ވަނީ ގެތަކުން ކުނި ނެގުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ބުނެ ސިޓީ ކައުންސިލުން ދައްކަމުން އަންނަ ވާހަކަތައް ވެސް ދޮގު ކުރައްވައިފައެވެ. އެގޮތުން، އެ އެއްބަސްވުމަކީ މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހާ ކުނި ނެގުމާ ގުޅޭ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް މިހެން ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކުރާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުންނެވެ.






