މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ސްޕޯކްސްޕާސަން ކަމަށް އަސްރާ އަޙްމަދު ހަމަޖައްސަވައިފި އެވެ.
އެ ޕާޓީން ބުނެފައިވަނީ އެމްއެންޕީގެ ހަރަކާތްތަކާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުވުމަށާއި މީޑިޔާއާ ގުޅުންހުރި ކަންކަމުގައި 7459031 ނަންބަރުން އަސްރާ އަހްމަދާއި ގުޅުއްވައިގެން ކުރިޔަށް ގެންދެވުން އެދޭ ކަމަށެވެ.
އަސްރާ އަހްމަދަކީ ސިންގަޕޫރުން ޤާނޫނީ ދާއިރާއިން ތަޢުލީމް ހާސިލްކޮށް ދިވެހިރާއްޖޭގެ ޤާނޫނީ އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާން ބޭކަނބަލެކެވެ. މީގެކުރީގައި އަސްރާވަނީ މާކެޓިންގ ދާއިރާގައިވެސް މަސައްކަތްކުރައްވާފަ އެވެ.
އަދި އޭގެ އިތުރުން އިޖްތިމާއި އަދި އިގްތިސާދީ ހައްލު ކުރުމައްޓަކައި ދިވެހިރާއްޖޭގަ އުފެދުނު އެންމެ ފުރަަތަމަ ތިންކް ޓޭންކް ޑިރެކްޓް ޑިމޮކްރަސީ ގްލޯބަލް މޯލްޑިވްސްގެ ކޯފައުންޑަރ އަދި އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނަވާ ޒުވާން އަންހެން ކަންބަލެކެވެ. އަސްރާ ދެކެވަޑައިންނަވާ ގޮތުގައި އެމް.އެން.ޕީ އަކީ ދިވެހި ރާއްޖޭގެ އާންމު ފަރުދުންގެ އިހްސާސްތައް އަޑު އަހާ ދެނެގަނެ ރައްޔިތުންނައްޓަކައި މަސައްކަތް ކުރާ ޕާާޓީ އެކެވެ. އަދި އަސްރާ ފަދަ ޒުވާނުންނާ އަންހެނުންނަށް އިސްކަންދީ ކުރި އަރުވާނެ ޕާޓީ އެއްކަމަށް އަސްރާ ގަބޫލް ކުރައްވައެވެ.






