ވެމްކޯއިން މޅަެ ސަރަހައްދުގައި އެ ކުންފުނިން ދެމުން އަންނަ ކުނި ނެގުމުގެ ހިދުމަތްތަކަށް ރަޖިސްޓްރީވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި ގެނައި ބަދަލުތައް މިހާރު އުވާލާފައި ވާތީ، ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކުނި ނަގަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ ގެތަކުން ވެސް މި މަސް ނިމެންދެން ކުނި ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޖިސްޓްރީ ކުރުމުގެ އިތުރުން މިހާތަނަށް ނުދައްކައި ހުރި ބިލުތައް ދައްކައި ހަލާސް ކުރުމުގެ ފުރުސަތު ވެސް އެކުންފުނިން ވަނީ ހުޅުވާލައިފައެވެ. އެގޮތުން މި މަހުގެ ނިޔަލަށް ބިލުތައް ނުދައްކާ ގެތަކުން ކުނި ނަގާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ވެމްކޯއިން ބުނެފައިވާ ގޮތުގައި މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވަނީ މާލެ ސަރަހައްދުގެ 16،000 ގޭބިސީންނެވެ. މީގެ ތެރެއިން 12،000 އެއްހާ ގޭބިސީން ބިލުތައް ނުދައްކާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުންޏަށް ލިބެން ޖެހޭ 59 މިލިއަން ރުފިޔާ އެބަހުރި ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.







1 ކޮމެންޓް
ކަންތައްތައްް ރަނގަޅުކުރުމަކީީ ރައްޔިތުންް ބިކަކުރުމެއްނޫންް ވީހާވެސްް ފަސޭހަކަމާއިި އެކުު ޚިދުމަތްފޯރުކޮށްދިނުންް ދެފަހަރުންް އެއްފަހަރުު ކުނިނަގަންް ގެތަކަށްނުނުވާއިރުު އަނެއްކާވެސްް އެކަންކަމަށްް ހުރަސްް އެޅޭގޮތައްް ކަންތައްކުރީމާާ ރައްޔިތުންނަށްް ވާނިިި އުނދަގުު ނުވިތާކަށްް ކުރީގަަ މެއިންޓަނަންސްް ފީގެެ ގޮތުގައިފައިސާާ ނުނަގާމީހުންވެސްް ހާހުންް ދެހާހުންް މެއިންޓަނަންސްް ފީީ ނެގުމަކީީ ވާނެކަމެއް