Close

ޗިޓް ފޮނުވާފައެއް ނުވޭ، އެޑްރެސް ބަދަލުވުމަކީ ފޮޓޯ ޖަހަންޖެހޭ ވަރުގެ ކުށެއްނޫން: ލަވަކިޔުންތެރިޔާ ފަރުހާދު

ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައެއް ނުވާކަމަށާއި، އެޑްރެސް ބަދަލުވުމަކީ ފޮޓޯ ޖަހަންޖެހޭ ވަރުގެ ކުށެއްނޫންކަމަށް ލަވަކިޔުންތެރިޔާ މުހައްމަދު ފަރުހާދު (39އ) ބުނެފި އެވެ.

ފުލުހުން ފަރުހާދުގެ ފޮޓޯ އާންމުކޮށް ހޯދަން އިޢުލާން ކުރުމާއި ގުޅިގެން ފަރުހާދުވަނީ ފޭސްބުގައި މިއަދު 3 ޕޯޓެއް ކޮށްފަ އެވެ.

އެޕޯސްޓުގައި ބުނެފައިވަނީ، މީ ވަރަށް ދެރަ ވަރު ކަމެއްކަމަށެވެ. އެއްވެސް ކޯޓަކުން އަކުން ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވާފަ ނުވާކަމަށާއި ކޯޓް އަށް ހާޒިރުވާން އަންގާފަ ނުވާކަމަށެވެ.

"އުޅޭ އެޑްރެއްސް ބަދަލު ވުމަކީ އަޅުގަނޑުގެ ކުށެއް ނޫން.. އަޅުގަނޑަށް ކޯޓްއަށް ހާޒިރު ވުމުގެ އަމުރެއް ލިބިފަ ނެތް، އުޅޭ އެޑްރެއްސް ބަދަލުވުމަކީ އަޅުގަނޑު ގެ މައްސަލަ އެއް ނޫން،"

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަރުހާދު ބުނެފައިވެއެވެ.

މީގެ އިތުރުން ފަރުހާދުބުނީ ކޯޓް ތަކަށް ފައިސާ ދައްކަން އޮންލައިން ހިދުމަތް ބޭނުން ކުރެވޭ އިރުގަ، ކޯޓަށް ހާޒިރުވުމަށް އޮންލައިންކޮށް އަމުރު ނުފޮނުވަންވީ ކީއްވެތޯ ފަރުހާދުވަނީ ސުވާލުކޮށްފަ އެވެ.

"އަޅުގަނޑު ހޯދަން ފޮޓޯ ޖަހާފަ އިއުލާނު ކޮށްގެން އުޅެނީ އަޅުގަނޑު ކުށެއް ކޮށްގެން ނޫން ކަމުގަ ދަންނަވަން، އެއްވެސް ކޯޓަކުން އަޅުގަނޑަށް ކޯޓަށް ހާޒިރު ވުމުގެ އަމުރެއް ލިބިފަ ނުވާކަން ފާހަގަކުރަން، އަޅުގަނޑު ދިރިއުޅުމަށް ކުރާ މަސައްކަތުގެ ބާވަތުން އަޅުގަނޑު ގެ ދިރުޅުން ބިނާވެފަ އޮންނަނީ ގިނަ ވަގުތު ކަނޑުމަތީގަ، ކަނޑުމަތީގައި އުޅޭ ކޮންމެ މީހަކަށް އޮންނަންވީ މިހުކުމްތޯ؟ ފޮޓޯ ޖަހާފަ އިއުލާނު ނުކޮށް ކޯޓަށް ހާޒިރު ވާން އެންގުމުގެ ޤާބިލްކަން ރާއްޖޭގެ ކޯޓުތަކުގަ ނެޠީތޯ؟"

ފަރުހާދުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ފަރުހާދު ހޯދަމުން ފުލުހުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފާށާފައިވާކަމަށެވެ.

މުޙައްމަދު ފަރުހާދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ 14:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top