އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:08 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގަައި އަނިޔާވެފައިވަނީ އުމުރުން 29 އަހަރުގެ ފިރެހެނެއް ކަމަށާއި މިހާރު އެމީހާއަށް ހޮސްޕިޓަލުގައޮ ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މާރާމާރީ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ބުނެފައިވެ އެވެ.






