އައްޑޫގައި މިއަދު އަނެއްކާ ވަޅިން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލައިފިއެވެ.
މިއީ އައްޑޫގައި މިއަދު ވަޅީގެ ހަމަލާދިން ދެވަނަ ފަހަރެވެ. މިއަދު މެންދުރު ދިން ވަޅީގެ ހަމާލާގައި އައްޑޫއިން ޒަހަމްކޮށްލާފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މިފަހަރު ހަމަލާދީފައި ވަނީ ސައިކަލެއްގައި ތިބި ދެމީހުންނަށް ކަމަށެވެ. އެ ހާދިސާގައި 27 އަހަރިގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށް ބުންޏެވެ. އެކަމަކު ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ލިބުނީ މިރޭ 8:05 ހާއިރު ކަމަށާއި މިހާރު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.






