ގދ. ނަޑެއްލާގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ގެ ކޭސްއެއް ފެނިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވަނީ އަލާމަތްތައް ފެނިގެން މި ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ސާމްޕަލް ނަގާފައިވާ މީހެކެވެ. ޕޮޒިޓިވްވި އަންހެން މީހާއަކީ މިދިޔަ ހަފްތާ ތެރޭގައި ގެމަނަފުއްޓަށް ދަތުރު ކޮށް ނަތީޖާ ނުލިބޭތީ ކަރަންޓީނުގައި ހުރި މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ގެމަނަފުށީގެ މުޖުތަމައުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރު ވަމުންދާތީ އެރަށް ވަނީ މިހާރުވެސް މޮނިޓަރިންގް އަށް ލެވިފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 26 މީހަކު ވަނީ އެރަށުން ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ.






