Close

އައްޑޫ ސިޓީގެ ކާފިއުގެ މުއްދަތު ހަފްތާއަކަށް އިތުރު ކޮށްފި

އައްޑޫ ސިޓީގެ ކާފިއުގެ މުއްދަތު ހަފްތާއަކަށް އިތުރު ކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނީ އެ ސިޓީގެ ކާފިއުގެ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަމަހައްޓަން އެޗްޕީއޭ އިން ވަނީ އަންގާފައި ކަމަށާއި، އެހެންކަމުން ކާފިއުގެ ދަށުން ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ބޭރަށް ނުކުތުން މަނާ ކަމަށެވެ.

މިއާއެކު ކުރިއަށް އޮތް ހަފްތާ ނިމެންދެން އައްޑޫ ސިޓީގެ ރެސްޓޯރަންޓާއި ފިހާރަ ފަދަ ތަންތަނުން ހިދުމަތް ދެވޭނީ ރޭގަނޑު 9 އަށް ކަމަށާއި، ނަމަވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއީއޯސީ) ގެ ހުއްދަ އާއި އެކު ރެސްޓޯރަންޓުތަކުން ޑެލިވަރީގެ ހިދުމަތް ދަންވަރު 12 ޖަހަންދެން ދެވޭނެ ކަމަށާއި ފިހާރަތަކުން 10 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭން ކަމަށްވެސް އެ ސިޓީގެ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ކާފިއުގެ ވަގުތުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެ ނަމަ، އޭއީއޯސީގެ ހުއްދަ ހޯދުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top