Close

ދާންދޫގައި އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސްއެއް ހަދަނީ

ގއ. ދާންދޫގައި އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސްއެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.

މި ޕްރޮޖެކްޓުގެ އެއްބަސުވުމުގައި އެރަށު ކައުންސިލުން ސޮއިކޮށްފައިވަނީ ބިޑް ކާމިޔާބުކުރި ރޯޔަލް ވަން ކުންފުންޏާއެކުގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެރަށު ކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި ކައުންސިލް ރައީސް އާއި މެންބަރުންނާއި ރޯޔަލްވަން ގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓުން ބަޖެޓް ދީގެން ޤާއިމްކުރާ އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސްއެކެވެ. މި މަސައްކަތަށް 3.6 މުލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ.

މި މަސައްކަތް ނިންމުމަށް ރޯޔަލް ވަން އާއި ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top