ހުޅުމާލެ ފުލުހުންނަށް ހުށައަޅާފައިވާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
އެގޮތުން ތަހުގީގަށް ހޯދާ ފަރާތަކީ ގދ. މަޑަވެލި، ރީތިގެ، އުމުރުން 23 އަހަރުގެ ނަޝްއަތު ނިޒާރު( A371868) އެވެ. ނަމަވެސް އޭނާ އުޅޭ ތަނެއް އާއިލާއަށްވެސް އެނގިފައި ނުވާތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވުމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރު ވުމަށް ވަނީ އިއުލާން ކޮށްފައެވެ.
މިގޮތުން ތަހުގީގަށް ހާޒިރުވުމަށް ކަނޑައަޅާފައިވާ ވަގުތަކީ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުގެ 10:00 ގެ ކުރިން ހުޅުމާލެ ޕޮލިސް ސްޓޭޝަން އަށެވެ.
މީގެ އިތުރުން އެމީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހުޅުމާލެ ޕޮލިސް ނަންބަރު 9790089 ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.






