ރާއްޖޭގެ ފުރަތަމަ ހާބަރ މާސްޓަރު، ކެޕްޓަން އަހުމަދު ރަޝީދު ރިޓަޔާ ކުރައްވައިފިއެވެ.
އަހުމަދު ރަޝީދު މިއަދު ރިޓަޔާ ކުރެއްވީ ހާބާ މާސްޓަރެއްގެ ގޮތުގައި އެމްޕީއެލްގައި 24 އަހަރު ވަންދެން ހިދުމަތް ކުރެއްވުމަށްފަހުއެވެ.
އެމްޕީއެލުން ވަނީ އޭނާ އެ ކުންފުންޏަށް ކޮށްދެއްވި އަގުހުރި ހިދުމަތަށް ޝުކުރު އަދާކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.
ހާބަރ މާސްޓަރަކީ ޕޯޓެއްގެ ހުރިހާ އޮޕަރޭޝަންތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާއެވެ. މީގެ ތެރޭގައި ޕޯޓަށް ކައިރިކުރާ ބޯޓުތަކުގެ ނެވިގޭޝަނާއި ޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި މެރިޓައިމް ދާއިރާއިން ކަނޑައަޅާފައިވާ ގަވާއިދުތައް ތަންފީޒު ކުރުން ހިމެނެއެވެ.
މި މަގާމާ ދެން ހާވަލުވާނީ ކެޕްޓަން ހަސަން ޒަރީރެވެ. އޭނާ އަކީ މި ދާއިރާއިން 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ އެސްޓީއޯގައެވެ.






