Close

ތިނަދޫއިން ބިންތައް ނަގާފައިވާ ފަރާތްތަކުން ގަވާއިދުން ކުލި ދެއްކުމަށް އެރަށު ކައުންސިލުން އެދެފި

ފޮޓޯ: ނައުޝަމް ވަހީދް

ގދ.ތިނަދޫގެ އެކި ސަރަހައްދުތަކުން ކުއްޔަށް ދޫކޮށްފައިވާ ބައެއް ބިންތަކުން ގަވާއިދުން ބިމު ކުލި ދެއްކުމަށް އެރަށުގެ ކައުންސިލަރުން އެދިވަޑައިގެންފިއެވެ.

ކައުންސިލަރުން މިހެން ވިދާޅުވެފައި މިވަނީ ބިމު ކުއްލި ދެއްކުމުގައި ބައެއް ފަރާތްތަކުން ފަރުވާ ކުޑަ ކުރާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެ މިއަދު ނެރުނު އިއުލާނެއްގައެވެ. އެގޮތުން މީގެ ކުރިންވެސް ބިމު ކުލި ދެއްކުމުގައި ބައެއް ފަރާތްތަކުން އިހުމާލުވާތީ ނެރުނު އިއުލާނަށް ފަހު އެކަމަށް ބައެއް ފަރާތްތަކުން އެއްބާރުލުމެއް ދެއްވި ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް މިކަމަށް އެންމެ އެދެވޭ ތަރުހީބެއް ނުދެއްވާ ކަމަަށް ވެސް ކައުންސިލުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ތިނަދޫ ކައުންސިލް އަކީ ގިނަ ޚަރަދު ތަކެއް ކައުންސިލްގެ އާމްދަނީއިން ކުރަމުންދާ ކައުންސިލްއަކަށް ވާތީ ބިންތަކުން ލިބެންޖެހޭ އާމްދަނީ މަދުވުމުގެ ސަބަބުން ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭންޖެހޭ ބައެއް ޙިދުމަތްތައް ދިނުމުގައި އުނދަގޫ ތަކަކާއި ކުރިމަތިވެފައިވާ ކަމަށް ތިނަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ބިމު ކުއްލި ދެއްކުމުގައި ހުރިހާ ފަރާތްތަކުންވެސް ފަރުވާ ތެރިވެ މިހާތަނަށް ގަވާއިދުން ބިމު ކުލި ދައްކާފައިނުވާ ފަރާތްތަކުން ބިމުކުލި ދެއްކުމަށް ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top