ގައުމީ އެއާލައިން މޯލްޑިވިއަން އިން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ނިއުދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ދަތުރުތައް ފަށާނީ އަންނަ މަހުގެ 21ގައި ކަމަަށެވެ. އެގޮތުން ހަފުތާއަކު ތިން ދުވަހު ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަން އިން މާފަރުން ނިއުދިއްލީއަށް ދަތުރު ކުރާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އަދި ނިއުދިއްލީ އިން މާފަރަށް ދަތުރު ކުރާނީ ބުދަ، ހުކުރު އަދި އާދީއްތަ ދުވަހުއެވެ.
މާފަރުން ނިއުދިއްލީއަށް ޓިކެޓުތައް ފެށޭ އަގަކީ 285 ޑޮލަރެވެ. އަދި ނިއުދިއްލީ އިން މާފަރަށް 312 ޑޮލަރެވެ.
މިއީ ކޯވިޑް-19ގެ ފަހުން މޯލްޑިވިއަން އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށާ ފުރަތަމަ އާ ރޫޓެވެ. އެހެންކަމުން ދަތުރުތައް ފެށުމާއެކު މޯލްޑިވިއަންގެ އެޕްލިކޭޝަނުންނާއި ވެބްސައިޓުން ޓިކެޓް ލިބޭނެއެވެ.







1 ކޮމެންޓް
ގިނަ ރައްޔިތުންގެ ފުއްދުންތެރި ކަމެއް ނެތްއިރު އަޗާ ތަޅަން ދަތުރެއް ނުކުރެވޭނެ.މަތިން ގެންނަ ތަކެތި ގަނެވޭހާ ތަނަވަސް ކަމެއްނެތް.އަދި ގެނަޔަސް ނުވިކޭތީ ގެންނަ މީހުންވެސް ވަނީ ބަނގުރޫޓު.