Close

މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލުކުރަން އަބަދުވެސް މަސައްކަތްކުރާނަން: ސީއެސްސީ

ސިވިލް ސާވިސް މުވައްޒަފުންގެ ޝަކުވާތައް އަޑު އަހައި މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމުގައި އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން އަރުވައިފިއެވެ. 

ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބުނީ ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

އެ ކޮމިޝަނުން ބުނީ ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ އަޑުއަހައި، މުވައްޒަފުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަމަށެވެ. އެގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަބަދުވެސް ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ގާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންދާ ކަމަށް ބުންޏެވެ.

އެ ކޮމިޝަނުން ބުނީ މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް، ކޮމިޝަނުގެ "ލޯގޯ" ބޭނުންކޮށްގެން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް ޓަކައި ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން "ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައި މީސްމީޑިއާގައި މިހާރު ހަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށް ބުނެފައިވެއެވެ.

އެހެންވެ އެފަދަ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯ ނުލެނބުމަށާއި، ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް އެ ކޮމިޝަނުން ވަނީ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top