Close

މުލަކު މަގު ހެދުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި

މ.މުލަކުގެ މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސަމާނު އެރަށަށް ގެންގޮސްފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. އެ ކުންފުނިން މިހާރުވަނީ މަގުހެދުމުގެ މަސައްކަތަށް ތައްޔާރުވެ، ކާސްޓިން ޔާޑުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައެވެ.

މުލަކުގެ މަގުހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލު ކުރީ މިދިޔަ އޭޕްރިލް މަހު 106 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 420 ދުވަސް ތެރޭގައި ނިންމަން ޖެހޭނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ޕޭވްމަންޓް ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ދަށުން ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top