ޅ. ކަނުހުރާގައި ތަރައްގީކޮށްފައިވާ ރިސޯޓު ސިކްސް ސެންސަސް ނަމުގެ ދަށުން އަންނަ އަހަރު ހުޅުވަން ނިންމައިފިއެވެ.
މާލެއިން ސީޕްލޭނުގައި 40 މިނެޓުން ދެވޭ މި ރިސޯޓަކީ ސިކްސް ސެންސަސްގެ ދަށުން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ. އެ ކުންފުނަިގެ ފުރަތަމަ ރިސޯޓަކީ ސިކްސް ސެންސަސް ލާމެވެ.
ސިކްސް ސެންސަސް ކަނުހުރާ ހުޅުވާނީ އަންނަ އަހަރުގެ ފަހުކޮޅުއެވެ.
ކަނުހުރާ ރިސޯޓު ކުރިން ހިންގީ މޮރިޝަސްގެ ސަން ރިސޯޓްސް އިންނެވެ. ނަމަވެސްސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ވަނީ މި އަހަރުގެ ކުރީކޮޅު ކަނުހުރާ ގަނެފައެވެ.
މިހާރު މި ރިސޯޓު ހިންގަނީ ކަނުހުރާ މޯލްޑިވްސްގެ ނަމުގައެވެ. މިހާރުވެސް ހިދުމަތް ދެމުން އަންނަ މި ރިސޯޓު ސިކްސް ސެންސަސްގެ ދަށުން ހުޅުވާނީ ބޮޑެތު ބަދަލުތަކެއް ގެނައުމަށްފަހުެއެވެ. އެގޮތުން، އެ ރިސޯޓަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ވޯޓާ ވިލާތަކުގައި ޕްރައިވެޓް ޕޫލް ހިމެނުމާއި ފެމިލީ ވިލާތައް ހެދުމާއި ވެލްނެސް ހިދުމަތް ތައާރަފު ކުރުން ހިމެނެއެވެ.






