ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ތިބި ކުދިން ފުޓުބޯޅަ ކުޅެން ބޭނުންވާ ސާމާނު ވެމްކޯއިން މިއަދު ހަދިޔާ ކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކުރި ޓްވީޓެއްގައި ބުނީ ވެމްކޯއިން ހަދިޔާ ކުރީ ފުޓުބޯޅަ އާއި ކޯންތަކާއި ބިބްތަކާއި މާކަރާއި މެޑިކަލް ކިޓުތައް ކަމަށެވެ. އަދި މިއީ ފިޔަވަތީގައި ފަށާ ފުޓުބޯޅަ ޓްރެއިނިން އަށް ވަރަށް ބޮޑު އެހީއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން ވަނީ ވެމްކޯއިން ވެދެއްވި އެހީއަށް ޝުކުރު އަދާ ކޮށްފައެވެ.
މިއީ ވެމްކޯއިން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދިން އެހީތެރިކަމެކެވެ.






