Close

“ޖެޓްސްކީ ޓުއާ 2021”ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

"ޖެޓްސްކީ ޓުއާ 2021"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކޯ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ޖެޓްސްކީގައި ދަތުރުކުރުމަށް ކުރިއަށަގެންދާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 27 އަށެވެ.

މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާނެ ހަ މީހަކު ދަތުރުގެ ތެރެއިން ހާއްސަ ހަރަކާތްތަކެއް ދައްކާލާނެއެވެ. އަދި މި ދަތުރުގެ ތެރެއިން ރާއްޖޭގެ 20 ރަށަކަށް ދަތުރު ކޮށް ހަތަރު ރަށެއްގައި މަޑުކުރުމަށް ނިންމާފައިވާއިރު އެމްއެންޑީއެފްް އިން ވަނީ ދަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައެވެ.

މި ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވާގޮތުގައި މިއީ ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުން ފެށިގެން އެންމެ ދެކުނު، ގަމަށް ދަތުރުކޮށް ދުނީޔޭގެ ރިކޯޑެއް ހެދުމުގެ އުއްމީދު ކުރިއަށް ގެންދާ ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top