Close

ރައީސް އޮފީހުގައި ފާޚާނާތަކެއް ހެދުމަށް އަންދާސީހިސާބު ހުށައަޅާނެ ފަރާތެއްނުވި، އަނެއްކާވެސް ބިޑަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ: މިހާރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފާޚާނާތަކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 8 ސެޕްޓެންބަރު 2021 ގައި ކުރި، އެ އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2021/74 އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ވިދާޅުވެފައިވަނީ، މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2021 ސެޕްޓެންބަރު 28 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން އެ އިޢުލާނުގައިވާ މެއިލް އެޑްރެހަށް ކުންފުނީގެ ނަމާއި، ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަމާއި އީމެއިލް އަދި ފޯނު ނަންބަރު މެއިލް ކުރުން އެދޭކަމަށެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ އެވެ.

ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދިފައިވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ސެޕްޓެންބަރު 28 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2021 އޮކްޓޫބަރު 4 ވާ ހޯމަ ދުވަހުގެ 11:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް އެ އިޢުލާނާއެކު ހިމަނާފައިވެ އެވެ.

އެ އޮފީހުގައި އިތުރު 4 ފާޚާނާއެއް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް:
o ފާޚާނާ ތައްޓެއް )ކޮމްޕްލީޓް( ބެހެއްޓުން. ތަށި ބެހެއްޓުމަށް "4 ހޯލްއެއް ޝީޓުން ތޮރުފުމާއި އެކު ފާޚާނާ ހޮޅި ލައިން އެޅުމާއި ހޮޅި މެއިން ޑްރެއިނޭޖް ލައިން އާއި ގުޅާލުން.
o ފާޚާނާގެ ފްލަޝް ޓޭންކްއަށާއި އިސްކުރުތަކަށް ފެންގުޅުމާއި މުސްލިމް ޝަވަރެއް ހަރުކުރުން.
o މިހާރު މޫނު ދޮންނަތަށި ބަހައްޓާފައި ހުރި ސްލެބް، ތަޅުންގަނޑާއި ހަމައަށް ތަޅާލުމަށް ފަހު އެތަނުގައި މިހާރު ހުރި ތަށިމުއްޓާއި ގުޅޭ މުށި ޖަހާ ޓައިލްގްރައުޓް އެޅުން.
o ސްލެބް ތަޅާލުމަށްފަހު އުފެދޭ ގާކުނޑި އާއި އެހެނިހެން ކުނިތައް އުކާލުމާއި ތަން ސާފުކުރުން.
o މޫނު ދޮންނަ ތައްޓެއް ޕެޑެސްޓެލްއާއި )ކޮމްޕްލީޓް( އެކު ބެހެއްޓުމާއި މޫނު ދޮންނަތައްޓަށް ފެންއިސްކުރެއް ހަރުކުރުމާއި ފެންވައިރު ކުރުމާއި ޕީ ޓްރެޕްއެއް ހަރުކުރުމާއި ވޭސްޓްވޯޓަރ ޑްރެއިނޭޖް ލައިންއަށް ގުޅާލުން.
o ފާޚާނާ ތެރޭގައި ވުޟޫ ކުރާތަނެއް ހެދުމާއި ވުޟޫކުރާ އިސްކުރެއް ހަރުކުރުމާއި ފެންވައިރު ކުރުމާއި އަދި ވުޟޫކުރާތަނުގެ އެތެރޭގައި ފްލޯ ޑްރެއިންއެއް ލުމާއި ވޭސްޓްވޯޓަރ ޑްރެއިނޭޖް ލައިންއަށް ގުޅާލުން.
o ފާޚާނާގެ ކުރިމަތީ ފާރު ރޭނުމާއި ފާރުގެ ދެފަރާތުގައި މިހާރު ހުރި ތަށިމުއްޓާއި ގުޅޭ މުށި ޖެހުމާއި ޓައިލްގްރައުޓް އެޅުމާއި މިހާރު އެތަނުގައި ހުރި އެހެން ފާޚާނާތަކުގައި ހަރުކޮށްފައިވާ ދޮރާއި ދޮރުފަތާއި ގުޅޭ ވައްތަރެއްގެ ދޮރަކާއި ދޮރުފަތެއްލުމާއި ތަޅު ހަރުކުރުން.
o ފާޚާނާގެ ފްލޯގައި މުށި ޖެހުމާއި ވޯޓަރ ޕްރޫފް ކުރުން. )ފްލޯގައި މިހާރު ހުރި މުއްޓާއި ގުޅޭ މުއްޓަކަށް ވާންވާނެއެވެ(.
o ފްރެޝް ވޯޓަރ އައި ވެލް ވޯޓަރ ބަންދު ކުރުމަށް 2 ވޭލް ފާޚާނާ ތެރޭގައި ހަރުކުރުން
o ފާޚާނާގެ ފްލޯއަށް އެޅޭ ފެން ޑްރެއިން ކުރުމަށް ފްލޯ ޑްރެއިންއެއްލުމާއި ޑްރެއިންލައިން އާއި ގުޅާލުން.
o ފާޚާނާ ތައްޓާއި މޫނުދޮންނަ ތައްޓާއި ތަށިމުށި އަދި މި ނޫނަސް ފާޚާނާގައި ހަރުކުރާ ހުރިހާ ފިކްސްޗަރ ތަކަކީ މި އޮފީހުން ރެކޮމެންޑް ކުރާ ތަކެއްޗައް ވާންވާނެއެވެ.
o މިމަސައްކަތް ކުރުމަށްޓަކައި ހޯދަންޖެހޭ ތަކެތި ހޯދަންޖެހޭނީ، މަސައްކަތް ޙަވާލުވާ ފަރާތުގެ އަމިއްލަ ޚަރަދުގައި އެފަރާތުންނެވެ.
o މަސައްކަތްކުރުމުގައި ފަރުވާބަހައްޓައިގެން ރައީސް އޮފީހުގެ އިމާރާތާއި ތަކެއްޗަށް ގެއްލުންނުވާނެ ގޮތަކަށް
މަސައްކަތް ކުރުން.
o ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އޮފީހުގެ އިމާރާތުގެ ނިވާ ކުރަންޖެހޭ ތަންތަނާއި، ތަކެތި ނިވާކޮށްގެން މަސައްކަތްކުރުން.
o މަސައްކަތް ކުރުމުގައި އުފެދޭ ގާ ކުނޑި އަދި އެހެނިހެން ކުނި އުކާލުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
o ރައީސް އޮފީހުގެ މަޝްވަރާގެމަތިން، އޮޅުންފިލުވަންޖެހޭ ކަންތައްތައް އޮޅުންފިލުވުމަށްފަހު މަސައްކަތްކުރުން.
o ފާޚާނާތަކުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ ފަހަރަކު ފާޚާނާއެއް ނިންމާފައި އަނެއް ފާޚާނާގެ މަސައްކަތް ފަށާ ގޮތަށެވެ.
o ސަރުކާރުގެ ރަސްމީ ދުވަސް ތަކުގައި މަސައްކަތް ކުރެވޭނީ، މެންދުރުފަހު 00:17 ން ރޭގަނޑު 30:23 އަށް، އަދި ހޮނިހިރު ދުވަހު، ހެނދުނު 00:09 ން ރޭގަނޑު 00:23 އަށް.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top