Close

ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެއްބަސްވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު ނިއުސް އެޖެންސީ ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެމްއެމްޕީއާރުސީން އެ އޭޖެންސީއާއެކު އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީ އޮފީހުގައި މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރްއެވެ.

ތޮއްޔިބް ވިދާޅުވީ އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓަޖީތައް ބިނާވެފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި ފުރިހަމަ ހިދުމަތްތަކެއް ލިބޭ ތަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކަމަށެވެ. އަދި ސީއެންއެންއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އެމްއެމްޕީއާރުސީއިން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެންއެންގައި ރާއްޖެ އިޝްތިހާރު ކުރާނީ ޑިސެންބަރު މަހުގެ ނިޔަލަށެވެ. އެ ގޮތުން ރާއްޖޭގެ ވަކިވަކި ޕްރޮޑަކްޓުތަކާއި ލިބެން ހުންނަ ތަޖުރިބާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ވާހަކަތައްވެސް ސީއެންއެން ޓްރެވަލްގައި ޝާއިރު ކުރާނެއެވެ.

މިއަހަރު ސީއެންއެންއިން ވަނީ ކޯވިޑްގެ ހާލަތުގައި ވެސް ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top