Close

އައްޑޫ ސިޓީ ހިތަދޫގެ ބައެއް މަގުތަކުގައި ފެން ބޮޑުވެ ފެން ހިއްކުމުގެ މަސައްކަތް ސިފައިން ފަށައިފި

ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫގެ ބައެއް މަގުތަކުގައި ފެން ބޮޑުވެ އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި ހިތަދޫގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފަށާފައިވާ ކަމަށެވެ.

އައްޑޫގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު އިއްޔެ އިން ފެށިގެން އައްޑޫ އަށް އަންނަނީ ބޯކޮށް ވާރޭވެހުމުންނެވެ.

ރާއްޖޭގެ އެކި ހިސާބަށް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، މެޓް އޮފީހުން ވަނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ތ.އަތޮޅުން އައްޑޫއާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top