ލ. އިސްދޫ އިން ހޮވައިގެން އުޅޭނި ގްރެނައިޑެއް ނޫންކަމަށާއި އެއީ ގްރެނައިޑެއްގެ ބައްޓަމަށް ހަދާފައިވާ ލައިޓަރެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު އިސްދޫއިން ބޮމެއް ފެނުނު ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓު ކުރުމާއި ގުޅިގެން އެރަށުން ހަވާލު ކޮށްފައިވަނީ ގްރައިނެޓެއް ކަމަށް ބެލެވުނު އެއްޗެކެވެ. ނަމަވެސް އެމްއެންޑީއެފް އިން ބެލި ބެލުމުން އެއީ ގްރައިނެޓެއްގެ ސިފައަށް އޮތް ލައިޓަރެއް ކަން އެނގިފައިވާ ކަމަށާއި އެއީ އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫން ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވާފައިވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ވިދާޅުވީ މީޑިއާ ތަކުން އެފަރާތަށް ރިޕޯޓު ކުރީ ގްރެނައިޓެއްގެ ސިފައަށް އޮތް މި ލައިޓަރު ފެނިފައިވަނީ އިސްދޫގެ ކުޑަކުއްޖަަަކަށް ކަމަށާއި އެކުއްޖާއަށް އެ ލައިޓަރު ފެނިފައިވަނީ އެރަށުގެ ކޮންނަމުންދާ ސަރަހައްދުން ކަމަށެވެ.






