Close

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 42 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ފުލުހުންގެ ދެކުނު ޑިވިޝަންއަށް ހުށައަޅާފައިވަނީ މި ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ކަމަށާއި އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކުރެވިފައި ވީނަމަވެސް އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވަމުން ފުލުހުން ވިދާޅުވީ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކަކަށް ވުމުން ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާއާއި ބެހޭ އިތުރު މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top