Close

ހުއާވޭގެ އާ ފޯނުތަކުން އުރީދޫ އެޕް ޑައުންލޯޑު ކުރެވޭ ގޮތް ހަދައިފި

ހުއާވޭގެ އާ ފޯނުތައް ބޭނުން ކުރާ އުރީދޫ ކަސްޓަމަރުންނަށް އެ ކުންފުނީގެ އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭ ގޮތް ހަދައިދީފިއެވެ.

ހުއާވޭ އިން އެ ކުންފުނީގެ ފޯނުތަކަށް ގެނައި ބަދަލުތަކާއެކު މިހާރު އެ ފޯނުތަކުން ގޫގަލް ޕްލޭ ބޭނުން ނުކުރެވޭނެއެވެ. އެހެންކަމުން އެޕްތައް ޑައުންލޯޑު ކުރުމަށް ހުއާވޭ އެޕް ގެލަރީ ގެ ނަމުގައި ހާއްސަ ސްޓީރެއް ވަނީ މިހާރި ތައާރަފުކޮށްފައެވެ.

ގޫގަލް ޕްލޭ އާއި އެޕް ސްޓޯރާއި ހުއާވޭ އެޕް ގެލަރީއަކީ ފޯނަށް ގެއްލުމެއް ނުވާގޮތަށް އެޕްތައް އެޅުމަށް ހާއްސަ އެއްޗެކެވެ.

އަލަށް ތައާރަފު ކުރި މި ގެލަރީއިން އުރީދޫ އެޕް ނުލިބޭތީ އެކަމުގެ ޝަކުވާތައް ގިނަވުމުން އުރީދޫން އިން ވަނީ މިހާރު އެ ގެލަރީއަށްވެސް މައި އުރީދޫ އެޕް ތައާރަފުކޮށްފައެވެ. މިއީ މި ގެލަރީއަށް ރާއްޖޭގެ އެޕްލިކޭޝަނެއް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

ވާވޭ ފޯނުތަކުން މައި އުރީދޫ އެޕްލިކޭޝަން އެޕް ޑައުންލޯޑު ކުރަން ބޭނުންވާ ކަސްޓަަމަރުންނަށް https://ore.do/appgallery މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top