Close

އެމްއޭސީއެލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެ ކުންފުނިން މިއަދު ނިންމައިފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މުސާރަ ބޮޑު ކުރާނީ އަންނަ މަހުން ފެށިގެން ކަމަށެވެ.

މުސާރައަށް ގެންނަ ބަދަލުތަކާއެކު އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ ފަސް އިންސައްތައިން ފެށިގެން 20 އިންސައްތައާ ހަމައަށް ބޮޑުވާނެއެވެ. އެގޮތުން އެންމެ ކުޑަ މުސާރަ ލިބޭ މީހުންގެ މުސާރަ އަށް 20 އިންސައްތަ އަދި ބޮޑެތި މުސާރަތައް ލިބޭ މީހުންނަށް ފަސް އިންސައްތައާ ހަމައަށް މުސާރަ ބޮޑުވާނެއެވެ.

އެމްއޭސީއެލްގެ ބައެއް މުވައްޒަފުންގެ މުސާރައަށް ބަދަލު އައި ނަމަވެސް އެ ކުންފުނީގެ ސީނިއާ މަގާމުތަކުގައި ތިބޭ ބޭރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ބަދަލަކީ ކޯވިޑުގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ގއނަަި ބަދަލެކެވެ.

މުސާރައިގެ އިތުރުން އެމްއޭސީއެލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސާއި ހިލޭ ދަތުރުފަތުރާއި ހިލޭ ޕާކިން އާއި ސްޓާފް ލޯން ސްކީމާއި ސްޓާފް ޗިލްޑްރެން ލޯން ސްކީމާއި ސްޓާފް ޑެވެލޮޕްމަންޓް ސްކީމް ފަދަ ފައިދާތައް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top