Close

ކޮލަމާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ގއ. ކޮލަމާފުށީގެ މުޖުތަމަޢުއިން ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮލަމާފުށި ކައުންސިލުން ވިދާޅުވެފައިވަނީ ކޭސްތައް ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު އެރަށު ފުލޫ ކްލިނިކަށް ދެއްކި ފަރާތަކާއި އެފަރާތާއި ޑައިރެކްޓް ކޮންޓެކްޓް ވި ފަރާތްތަކެއް ކޮވިޑް-19 އަށް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މުޖުތަމައު ތެރޭގައި ބަލި ފެތުރިފައިވަނީ ކިހާ މިންވަރަކަށްތޯ ބެލުމަށް މިހާރު އެރަށް މޮނިޓަރިންގް އަށް ލާފައިވާ ކަމަށްވެސް އެރަށު ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން އެރަށު ކައުންސިލުންވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ބޭފުޅުންވެސް މާސްކް ބޭނުންކުރުމަށާއި ގިނަގިނައިން އަތްދޮވެ ސެނިޓައިޒާ ބޭނުންކުރުމަށް އެރަށުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރ އަށް ދެއްކުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

އެގޮތުން ކޮލަމާފުށި މޮނިޓަރިންގެ ހާލަތަށް ލުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ވަނީ މަނާކޮށްފަ އެވެ.

ކޮލަމާފުށީގެ އިތުރުން އެ އަތޮޅުގެ ގިނަ ރަށްތަކެއް ވަނީ މިހާރުވެސް މޮނިޓަރިންގްއަށް ލެވިފައެވެ. އޭގެ ތެރޭގައި ގެމަނަފުށި، މާމެންދޫ އަދި ވިލިނގިލި ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top