ޕޯސްޓު އޮފީހުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މެސެޖު ކުރާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.
ޕޯސްޓުން ބުނީ ބޭންކް އެކައުންޓުގެ ތަފްސީލު ހާމަ ކުރަން ޕޯސްޓުން މެސެޖު ނުކުރާނެ ކަމަށެވެ.
މިގޮތަށް ފޮނުވާ މެސެޖުތަކުގައި ބުނެފައިވަނީ އެ މީހުން އޯޑަރު ކުރި ޕެކޭޖަށް ފައިސާ ދެއްކުމަށެވެ. އަދި ފައިސާ ނުދައްކާނަމަ ޕެކޭޖު އަނބުރާ ފޮނުވާލާނެ ކަމަށްވެސް މެސެޖުގައި ބުނެއެވެ.
މި މެސެޖާއެކު ޕޭމަންޓު ހެދުމަށް ލިންކެއްވެސް ފޮނުވައެވެ. ނަމަވެސް އެއްވެސް މީހަކު އެ ލިންކު މެދުވެރިކޮށް ފައިސާ ނުދެއްކުމަށް ޕޯސްޓު އޮފީހުން އެދެއެެވެ.







1 ކޮމެންޓް
ސ.ހިތަދޫ އަންހެން ކުއްޖެގެ އަތުން ވެސް 11500ރ ޕޯސްޓް އޮފީހުގެ ނަމުގައި ހީލަތްތެރިކަމުން އަތުލައިފައިވޭ
ވީމާ އެއްވެސް ބޭފުޅަކު ފައިސާ ޓްރާންސްފަރ ނުކުރެއްވުން އެދެން