އެމްޑަބްލިއުއެސްސީ ޝޯރޫމުގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ޝޯރޫމުގެ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް ދީފިއެވެ.
އެ ކުންފުނިން ބޭއްވި ރަސްމިއްޔާތެއްގައި އެ ޝޯރޫމުގެ ލޯޔަލް ކަސްޓަމަރުންގެ ތެރެއިިން 10 ކަސްޓަމަރަކަށް އެއް ލައްކަ ރުފިޔާގެ ވައުޗަރު ވަނީ ދީފައެވެ. އެއީ ކޮންމެ ކަސްޓަމަރަކަށް 10،000ރ.އެވެ.
މި ރަސްމިއްޔާތުގައި ކަސްޓަމަރުންނާ ވައުޗާތައް ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައު އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި ކުންފުނީގެ އެހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފެން މީޓަރާއި ފެން ޓެސްޓު ކުރުމުގެ ހިދުމަތްތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު 30ގެ ނިޔަލަށެވެ.
އެމްޑަބްލިއުއެސްސީ ޝޯރޫމުން ލިބޭ ސާމާނު
- އާރުއޯ ޕްލާންޓް
- މެމްބްރޭންސް
- ޕަމްޕް
- ޓޭންކް
- ހޮޅި
- ފިޓިން
- ފެން މީޓަރ
- ސްޕެއާ ޕާޓުތައް
މީގެ އިތުރުން އެ ކުންފުނީގެ ލެބޯޓްރީ މެދުވެރިކޮށް ފެން ތަހުލީލު ކުރުމުގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.






