Close

ގެވެށި އަނިޔާއަށް ހޭލުންތެރި ކުރުމަށް ތިނަދޫގައި ވޯކްޝޮޕެއް ބާއްވައިފި

ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުވުމުގެ ގޮތުން ގދ.ތިނަދޫގައި ވޯކްޝޮޕެއް ބާއްވައިފި އެވެ.

"ގެވެށި ގުޅުން" ނަމުގައި ޖެންޑަރ މިނިސްޓްރީއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ވޯރކްޝޮޕް ފަށާފައިވަނީ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން މި ވޯރކްޝޮޕް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ގެވެށި އަނިޔާ ހުއްޓުވުމާއި އެފަދަ އަމަލުތަކަށް މުޖުތަމަޢު ހޭލުންތެރި ކުރުވުން ކަމަަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ވޯރކްސޮޕްގައި އެމިނިސްޓްރީއާއި އެކު ގދ އަތޮޅު ކައުންސިލްއާއި ފުލުންނާއި އަންހެނުންގެ ތަރަައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ހޮސްޕިޓަލާއި ސްކޫލްތަކުގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެމިނިސްޓްރީއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިނިސްޓްރީއިން އިތުރަށް ވިދާޅުވީ އިއްޔެ ނިމިގެންދިޔަ މި ވޯކްޝޮޕްގައި ރާއްޖޭގެ ގެވެށި އަނިޔާގެ ހާލަތު ހުރިވަރާއި، ގެވެށި އަނިޔާގެ ޝިކާރަޔަކަށް ވެފައިވާ މީހުންނަށް ސޭފްޓީ ނެޓެއް ހެދުމުގެ މުހިންމުކަން އަދި މިފަދަ އަނިޔާތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން ބައވެރިންނަށް މައުލޫމާތު ދީފައިވާނޭ ކަމަށެވެ.

އެމްއެންޔޫ ތިނަދޫ ކެމްޕަހުގެ އޮޑިޓޯރިއަމް ހޯލްގައި މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވިފައި ވާއިރު މި ރަސްމިއްޔާތުގައި ޖެންޑާރ މިނިސްޓްރީގެ ނައިބު އަދި ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަންއާއި މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެފައި ވާއިރު ބައިވެރިންނަށް ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ގދ.އަތޮޅު ކައުންސިލްގެ ރައީސް ފައިހަތު ގުދުރަތުﷲއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top