Close

މެމްބަރުންގެ އާއިލާގެ އިތުރުން ރައްޓެހިންނަށް ވީއައިޕީ ލައުންޖް ހުޅުވާލުން: އާއްމު ކޮމިޓީގެ ނިންމުމެއް!

އެއާޕޯޓުގެ ވީއަޕީ ލައުންޖް މިހާރު ބޭނުންކުރަމުން އަންނަ އުސޫލަށް ބަދަލު ގެނެސް މެމްބަރުންގެ ރައްޓެހިންނަށް ހިދުމަތް ދެވޭ ގޮތަށް ހަމަޖެއްސުމަކީ އާއްމު ކޮމިޓީގެ ނިންމުމެއްކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އާއިލާގެ އިތުރުން ރައްޓެހިންނަށް ވީއައިޕީ ލައުންޖް ހުޅުވާލުމަށް ނިންމުމާއި ގުޅިގެން އެކަމުގެ ބަހުސް އާންމުންގެ މެދުގައި ފެށިފައިވަނީކޮން އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ނިންމުމަކީ މުޅި މަޖިލީހުން ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ.

"މިއީ އާންމު ކޮމިޓީގައި ތިބޭ އެއް ޕާޓީއަކަށް ނިސްބަތްވާ 8 މެންބަރުންގެ ނިންމުމެއް. އެހެން ގިނަ މެންބަރުންނަށް މިކަން އެނގުނީވެސް ނޫސްތަކުގައި އެހަބަރު ލިޔުމުން. މިބަދަލު ގެނައުމަށް ތާއީދު ނުކުރަން."

އުޝާމް ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވެއެވެ.

އާއްމު ކޮމިޓީން ފަހުން ނިންމާފައިވާ ގޮތަށް ތާޢީދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ މި ވަގުތު ހަވާލުވެވަޑައިގެން އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވެސްވަނީ ވިދާޅުވެފައެވެ.

އާއްމު ކޮމިޓީގެ ނިންމުން މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ.

މެމްބަރުން ވީއައިޕީ ލައުންޖް ބޭނުންކުރުމުގައި މެމްބަރުންނަށް ލިމިޓްކޮށްފައެއް ނޯވެ އެވެ. އެކަމަކު އުސޫލަށް ބަދަލު ގެނެސް މިހާރު އޮންނަނީ އަނބިމީހާ/ފިރިމީހާ އާއި ދަރިންނާއި މައިންބަފައިންނަށް އެކަނި ހިދުމަތް ދެވޭ ގޮތަށެވެ.

މެމްބަރުންގެ އާއިލާގެ އިތުރުން 2 ރައްޓެހިންނަށް ވެސް ވީއައިޕީ ލައުންޖްގެ ހިދުމަތް ހުޅުވާލުމަށް މިދިޔަ ހަފުތާގައި އާއްމު ކޮމެޓީން ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top