Close

އައިޖީއެމްއެޗްގައި ބައިޕާސް ސާޖަރީ ހަދަން ފަށަނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ބައިޕާސް ސާޖަރީ ހަދަން ތައްޔާރުވާން ފަށައިފި އެވެ.

ބައިޕާސް ސާޖަރީއަކީ ހަށިގަނޑުގައި ހުންނަ ނާރު ބެދި ހިތުން ފޯރުކޮށްދޭ ލޭ ދައުރުވުމަށް ހުރަސް އެޅޭ ހާލަތުގައި ބެދިފައިވާ ލޭ ނާރު ސާޖަރީ ކޮށްގެން އަލުން ދައުރުވާ ގޮތް ހެދުމަށްޓަކައި ކުރާ ސާޖަރީ އެކެވެ.

ހިތުގެ ލޭނާރުތައް ބެދި އަވަހަށް ފަރުވާ ނުހޯދިއްޖެނަމަ ސްޓްރޯކް އަދި ހާރޓް އެޓޭކް ފަދަ ނުރައްކާތެރި ކަންކަމާއި ކުރިމަތިލުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

އައިޖީއެމް އެޗްގައި ލޭނާރު ބެދޭ ކޭސްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަނީ އެންޖިއޯގްރަފީ ބޭނުންކޮށްގެން ހަށިގަނޑުގެ ނާރުތައް ސްކޭންކުރުމަށްފަހު އެންޖިއޯޕްލާސްޓީ އެވެ. މިއަަކީ ސްޓެންޓޭ ކިއުނު ކުޑަ ޓިއުބެއް ނާރުތެރެއަށް ވެއްދުމަށްފަހު ލޭ ދައުރުވާ ގޮތް ހެދުމެވެ. މި ކަމަކަށް ސާޖަރީ ކުރާކަށެއް ނުޖެހެއެވެ.

ބްލަޑް ކްލޮޓްސް ނުވަތަ ނާރުތައް ބެދުމުގެ ނުރައްކާތެރި ކޭސް އެއްނަމަ މިހާރު ގިނަ މީހުން ބައިޕާސް ހެދުމަށް ދަނީ ރާއްޖެއިން ބޭރަށެވެ. ނަމަވެސް، އަންނަ އަހަރު، ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ބައިޕާސް ސާޖަރީ ހެދުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

އައިޖީއެމްއެޗް އިން ފުރަތަމަ ފަހަރަށް އޯޕަން ހާރޓް ސާޖަރީ އެއް ހެދުމަށް އަންނަނީ ތައްޔާރުވަމުން ކަމަށާއި އެކަމަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނަށް މިހާރު ތަމްރީން ދެވެމުން އަންނަކަމަށް އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ސިރާޖުއާއި ހަވާލާދީ 'މިހާރު' ނޫހުން ލިޔެފައިވެއެވެ.

މީގެ އިތުރުން، 2016 ވަނަ އަހަރު ތައާރަފްވެގެން ދިޔަ އައިޖީއެމްއެޗްގެ ކާރޑިއެކް ސެންޓަރާއި އެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރެވޭކަމަށްވެސް 'މިހާރު' ނޫހުގެ ލިއުމުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top