Close

އެމްޓީސީސީން ހުޅުވާމާލެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރު ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފަށައިފިއެވެ.

ދެވަނަ ފިޔަވަހީގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ދަތުރުފަތުރުގެ ދަތިކަމުގެ ޝަކުވާތައް ފާއިތުވި މަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ. އެމްޓީސީސީން ބުނި ގޮތުގައި ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފަށަން ނިންމީ އެތަނުގައި ދިރިއުޅޭ އާއްމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށެވެ.

ހުޅުމާލޭގެ ބަސް ރޫޓު ވަނީ މިހާރު ބަދަލުކޮށްފައެވެ.

މި ގެނައި ބަދަލާއެކު އެމްޓީސީސީގެ ބަސް ދެވަނަ ފިޔަވަހީގެ ދެ ތަނެއްގައި މަޑު ކުރާނެއެވެ. އެއީ ހިޔާ ފްލެޓުތަކުގެ ދެ ފަރާތުގައި ހުންނަ ބަސް ޓާމިނަލުތަކުގައެވެ. މި ދަތުރުތައް ކޮންމެ ދުވަހަކުވެސް ހެނދުނު 5:45ން ރޭގަނޑު 11:45 އަށް އޮންނާނެއެވެ. ހުކުރު ދުވަހުގެ ހުކުރު ވަގުތު ބަސް ދަތުރުތައް ނޯންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top