Close

ދާންދޫ ކައުންސިލުން، ވާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި

ގއ ދާންދޫ ކައުންސިލުން، ގދ. ވާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ދާންދޫ ކައުންސިލުންގެ ނައިބު ރައީސް ވިދާޅުވެފައިވާ މި ބައްދަލުވުމުގެ އެންމެ ބޮޑު މަޤްސަދަކީ އަތޮޅު ތެރޭގެ އެކި ރަށްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރިކަން އާލާ ކުރުން ކަމަށެވެ.

މިގޮތުން މިދަތުރުގައި 2 ރަށުގެ ކައުންސިލުން ބައްދަލުކޮށް އެރަށެއްގެ ކުރިއެރުމާއި ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކާއި ގުޅެގޮތުން މަޝްވަރާ ކުރައްވާފައި ވާނޭ ކަމަށް ދާންދޫ ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން ދާންދޫގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުންވެސް މި ދަތުރުގައި ބައިވެރިވެފައި ވާއިރު އެކޮމިޓީގެ ދަށުން މިއަދު ވަނީ ދާންދޫ އާއި ވާދޫ އާ ދެމެދު އެކުވެރި ކަމުގެ ވޮލީ މެޗެއްވެސް ކުޅެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top