Close

އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ހަޖޫޖެހުމަކީ ކުރެވޭ މަލާމާތެއް: ފައިސަލް

އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ހަޖޫޖަހާ އެއްވެސް ބޭފުޅަކު ވާހަކަ ދެއްކުމަކީ އެ ފަރާތްތަކަށް ކުރެވޭ މަލާމާތެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމް.ޑަބްލިއު.އެސް.ސީ)އިން ރޭ ބޭއްވި "އެކުވެރި އެމް.ޑަބްލިއު.އެސް.ސީ" ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ އެމް.ޑަބްލިއު.އެސް.ސީ.އާ އަދި ސަރުކާރު ހިއްޞާވާ އެހެން ކުންފުނިތަކުންވެސް އެކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން މީހުން ބިނާކުރުމާއި އަދި ރައްޔިތުންނަށް ބޭނުންވާ އެކިކަންކަމާއި ވަޞީލަތްތައް ޤާއިމުކުރުންފަދަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް ވިދާޅުވެފައެވެ.

ކުރިފުޅުމަތީ ބެހެއްޓިފައި ހުރި ކޮންމެ މޭޒެއްގައި ތިއްބެވި ކުންފުނިތަކުގެ ވެރިންނަކީ ވެސް ވަރަށް ޚިދުމަތްތެރި ބައެއްކަން ފާހަގަ ކުރައްވަމުން، ނައިބު ރައީސް ވަނީ ކުންފުނިތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ނައިބު ރައީސް ވަނީ ކުންފުނިތަކުން ރައްޔިތުންގެ ފަސޭހައަށް، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެތައް މަސައްކަތެއް ކުރަމުންއަންކަން ފާހަގަ ކުރައްވަމުން އެގޮތައް ކުރެވޭ ކިތައްމެ ކުޑަ މަސައްކަތަކީ ވެސް އިންސާނިއްޔަތުކަމަށްޓަކައި ވަރަށް ބޭނުންތެރި މަސައްކަތްތައްކަން ފާހަގަ ކުރެއްވިއެވެ.

މީގެ 6 އަހަރު ކުރިންވެސް އައިޖީއެމް އާ އިމާރާތް ކައިރިން ވަޑައިގަންނަވާއިރު، މާބަނޑު މިހުންނާއި، އަންހެނުންނާއި ކުޑަކުދިން ޓެކްސީގެ އިންތިޒާރުގައި އަތްވާއި ވާރޭގައި ތިއްބާ ފެންނިވަޑައި ގަންނަވާ ކަމަށާއި، އެމަންޒު ފެނިވަޑައިގެން އަމިއްލަ ކާރުކޮޅުގައި އެ ގޮތައް ތިބޭ ބައެއް މީހުން ގެއަށް ގެންގޮސްދީފައިވާނެ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

އެފަދަ ފަރާތްތަކަށް އެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް ހަމަޖެހޭތަން ދުށުމީ އުންމީދެއްކަމުގައި ހެއްދެވިކަމަށާއި، މިއަދު ފުރުޞަޠު ލިނުމުން އެކަން މިހާރު ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"މުހިންމުވަނީ ކަންތައްތައް ބޮޑެތި ކަންތައް ތަކަކަށް ވެގެންނެއްނޫން، ވަރަށް ކުދި ކަންތައްތައްވެސް ވެދާނެ ވަރަށް މުހިންމު ކަންތައްތަކަށް، އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ހަޖޫޖަހާ އެއްވެސް ބޭފުޅަކު ވާހަކަ ދެއްކުމަކީ އެ ފަރާތްތަކަށް ކުރެވޭ މަލާމާތެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވެރިކަން ކުރައްވަމުން ގެންދަވަނީ ކުދިކަންތައްތަކާއި، ބޮޑެތި ކަންތައްތަކަކީ ވެސް މުހިންމު ކަންކަންކަން ދެނެވަޑައިގެން ކަމަށާއި، ރައްތަކަށް ތަރައްގީ ގެނެސް ދެއްވުމުގައި ވެސް ރައްތަކުގެ ކުދި ބޮޑުމިން ތަފާތު ނުކުރައްވާކަމަށެވެ.

އެމް.ޑަބްލިއު.އެސް.ސީ. އާއެކު އެހެންކުންފުނިތަކުން ބާއްވަމުންގެންދާ ގާތްގުޅުން ދަމަހައްޓައި ކުންފުނިތަކުގެ ވެރިންގެ މެދުގައި ގުޅުންބަދަހިކުރުމުގެ ގޮތުން އެ ކުންފުނިން ރޭ ބޭއްވި މި ޙަފްލާގައި ސަރުކާރާއި ސަރުކާރު ޙިއްޞާވާ އެކި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top