Close

މެމްބަރުންގެ ރަށްޓެހިންނަށްވުރެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީއައިޕީ ލައުންޖް ބޭނުންކުރެވޭ ގޮތް ހެދުން މާރަގަޅު

މެމްބަރުންގެ ރަށްޓެހިންނަށްވުރެ ބޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީ.އައި.ޕީ ލައުންޖް ބޭނުންކުރެވޭ ގޮތް ހެދުން މާރަގަޅުވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ރައްށްޓެހިންނަށް ވުރެ އެއަރޕޯރޓްގެ ވި.އައި.ޕީ ލައުންޖު ބޭނުންކުރެވޭ ގޮތަށް މަޖިލީހުގެ އާންމު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެ ނިންމުމާއި މެދު މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ ނައިބު ރައީސްގެ އިތުރުން ބައެއް އެހެން މެމްބަރުންވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެހެން ދިމާވުމުން ބައެއް މެމްބަރުން އެކަމާއި ނުރުހުންވެފައިވާކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.

ފާއިތުވެދިޔަ ހަފްތާގައި ސިއްރުކޮށްގެން ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލަވުމުގައި މެމްބަރުންނާއި މެމްބަރުންގެ އާއިލާގެ އިތުރަށް މެމްބަރަކު އިޙްތިޔާރުކުރާ އިތުރު ދެ މީހަކަށްވެސް ލައުންޖު ބޭނުން ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެ ނިންމުމާއި ގުޅިގެން ޑރ. ޝަހީމް ވަނީ ޓްވިޓަރ މެދުވެރިކުރައްވާ މިނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މަޖލިސް މެމްބަރުނގެ ރަށްޓެހިންނަށް އެއާރޕޯރޓް ވީ.އައި.ޕީ ލައުންޖު ބޭނުންކުރެވޭނަމަ، އާއްމު ރަށްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހެދުން މާ ހެޔޮކަން ބޮޑު، ޚާއްސަކޮށް ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުން މާއަޢުލާ" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އޮންނަ އުސޫލުން މެމްބަރުންނާއި މެމްބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ލައުންޖު ބޭނުންކުރެވެއެވެ.
މިގޮތަށް މެންބަރުން ލައުންޖް ބޭނުންކުރެއްވުމުން ޚިދުމަތުގެ އެ ބިލްތައް ދައްކަނީ މަޖިލީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

3 ކޮމެންޓް

  1. ދެންބޭފުޅާ ހުރިއިރު ވީ.އަިީއ.ޕީ ލޯންޖަށް އާއްމުން ނުބެއްދީ ކީއްވެބާ!ދެން ތިހެން ކިޔާގެން ބެރިކަމެއް ނުކެރަެނެހޯދާކަށް

  2. ޚާއްސަ އެހީއަށްބޭނުންވާފަރާތްތައް ޑރ ޝަހީމަށްވެސް ފެންނަނީ ސަރުކާުރު ން ވަކިވީމައެވެ

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top