ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު، ޢަބްދުﷲ ޞާދިޤު (ސޯބެ) ޢައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޞާދިޤަށް މަޤާމަށް ޢައްޔަން ކުރެވުނު ކަމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.
މިނިސްޓަރު ކަމާއި ހަވާލުވުމުގެ ކުރިން ސޯބެ ވަނީ އައްޑޫ ސިޓީގެ މޭޔަރ ކަމުގެ 3 ދައުރު ފުރިހަމަ ކުރެއްވުމުގެ އިތުރުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ހިތަދޫ ދާއިރާގެ ރައީސްކަންވެސް ކާމިޔާބު ކުރައްވާފައެވެ.
މީގެ އިތުރުން ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.






