އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފުރަތަމަ ފަހަރަށް ސެޕްޓޮޕްލާސްޓީ ސާޖަރީއެއް ކޮށްފިއެވެ.
އޭއީއެޗް އިން މައުލޫމާތު ދީފައިވާ ގޮތުގައި ނޭފަތުގެ ކަށިގަނޑާއި ކާޓިލޭޖް ގުޅޭ ހިސާބު (ނޭސަލް ސެޕްޓަމް) ކަތިކޮށް ހުރުމުގެ ސަބަބުން ކަތިވެފައިވާ ސެޕްޓަމް ރަނގަޅުކުރުމަށް އެހީވެދޭ މި ސާޖަރީ އެހޮސްޕިޓަލުގައި ކުރެވުނީ މިއަދު ހެނދުނެވެ. މީގެއިތުރުން ސާޖަރީ ވަރަށް ކާމިޔާބު ކަމަށާއި ބަލިމީހާގެ ހާލުވެސް ރަނގަޅު ވަމުން އަންނަ ކަމަށް އެހޮސްޕިޓަލުގެ ފަރާތުން މައުލޫމާތު ދީފައިވެ އެވެ.
އެގޮތުން އެ ހޮސްޕިޓަލުގެ ސާޖަން ޑޮކްޓަރ އައިޝަތު އާއި ޑޮކްޓަރ ދިފެންދަރު ގެ އިތުރުން އެ ހޮސްޕިޓަލުގެ ބައެއް ނަރުހުންގެ އެހީތެރިކާމާއި އެކު މި ސާޖަރީ ކާމިޔާބު ކަމާއިއެކު ނިންމާލެވިފައިވާ ވާތީ އެ ހޮސްޕިޓަލުގެ ފަރާތުން ވަނީ އެ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި މިއީ އެ ހޮސްޕިޓަލުގެ އީއެންޓީ ކެއަރ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަ ކުރައްވާފައިވެއެވެ.






