Close

މެސީ ބާސާގައި މަޑުކުރަން ބޭނުން: ރާމޯސް

އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ބާސެލޯނާގައި މަޑުކުރަން ބޭނުންކަމަށް އެ ކްލަބްގެ އެންމެ ބޮޑު ވާދަވެރިޔާ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ރާމޯސް ބުނީ މެސީގެ ޓްރާންސްފަރއާ ގުޅޭ ކަންކަމަށް ފޯކަސް ނުކުރާ ކަމަށާއި އެހެން ނަމަވެސް ކުޅެން ބޭނުންވާ ކްލަބެއް ނިންމުމުގެ ބާރު އޮންނަން ޖެހޭނީ މެސީއަށް ކަމަށެވެ. އޭނާ އިތުރަށް ބުނީ އަބަދުވެސް އެންމެ މޮޅު ކުޅުންތެރިން ސްޕެއިންގެ ކުޅެން ބޭނުން ކަމަށާއި އެހެންކަމުން ސްޕެއިންގެ ފުޓްބޯޅައަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން މެސީ ބާސާގައި މަޑުކުރުވަން ބޭނުންވާ ކަމަށެވެ.

ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން މެސީ ހާމަކޮށްފައިވާއިރު ޔޫރަޕުގެ ބޮޑެތި ޓީމުތަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އޭނާ ދާނެ ކަމަށް ބޮޑަށް ބެލެވެނީ ސިޓީއަށް ކަމަށްވާއިރު އިޓަލީގެ އިންޓަ މިލާނާއި ޕީއެސްޖީއިން ވެސް އޭނާ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މެސީ ބާސާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ ދައްކަން ޖެހެއެވެ. އެހެން ނަމަވެސް ކޮންޓްރެކްޓްގެ މި މާއްދާއާ މެދު ދެފަރާތުގެ މެދުގައި ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. މިކަމާއި ގުޅިގެން މެސީގެ ބައްޕަ ވެސް ވަނީ ބާސާގެ ރައީސްއާ ބައްދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top