މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޒަރުންނަށް އެސްޓީއޯ އިން ހަދިޔާ ދީފިއެވެ.
އެ ކުންފުނިން ހަދިޔާ ދިނީ ޓީޗަރުންގެ ދުވަހާ ގުުޅުވައިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގެ 16 ސްކޫލެއްގެ ކޮންމެ ޓީޗަރަކަށް 250ރ. ގެ ވައުޗަރު ވަނީ ދީފައެވެ.
އެސްޓީއޯއިން ބުނިގޮތުގައި މި ވައުޗާ ބޭނުންކޮށްގެން އެ ކުންފުނީގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެއެވެ.
ހުޅުމާލެ ރެހެންދި ސްކޫލްގެ ޓީޗަރުންނާ ހަދިޔާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. ނަމަވެސް އެހެން ސްކޫލްތަކުގައި ހަދިޔާ ހަވާލު ކުރީ އެ ކުންފުނީގެ މުވައްޒަފުންނެވެ.






