Close

ސްޓެލްކޯއިން ކަރަންޓުން ދުއްވޭ ކާރު އެސެމްބަލް ކުރަނީ

ސްޓެލްކޯއިން ކަރަންޓުން ދުއްވޭ ކާރު އެސެމްބަލް ކޮށް ވިއްކަން ނިންމައިފި އެވެ.

އެ ކުންފުނިން މިކަން އިއުލާން ކުރީ ރޭ “ސްޓެވޯ" ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގައި މަސައްކަތްކުރާ އިންޖީނިއަރުންނަކީ ދާއިރާގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ދިވެހި އަމިއްލަ އުފެއްދުމެއްގެ ގޮތުގައި އިލެކްޓްރިކް ކާރު އުފައްދާ ބާޒާރަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ގިނަ އަދަދަކަށް ތިމާވެއްޓާ ރައްޓެހި ނޫން ކެމިކަލްތައް ދޫކުރަނީ ވެހިކަލްތަކުން. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މިކަން ބަދަލުކޮށް އަޅުގަނޑުމެން ތިމާވެއްޓާ ރައްޓެހި ވެހިކަލްތަކެއް އެސެމްބަލްކޮށް ރާއްޖޭގެ މާކެޓަށް ނެރުން،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވުމާ އެކު ތަފާތު ހިދުމަތްތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top