Close

އެންމެ ކުޑަ އުޖޫރައަކަށް 5،700ރ ދޭން ހުށަހަޅައިފި

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކަށް މަހަކު 5،700ރ. ދޭން މިނިމަމްވޭޖް ބޯޑުން މިނިސްޓަރަށް ހުށަހަޅައިފި އެވެ.

މިނިމަމް ވޭޖް ބޯޑުން ރޭ ނިންމީ ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކޮށްގެން މަހަކު 7،000ރ. ކަމަށެވެ.

އަމިއްލަ ތަންތަނުގެ ތެރެއިން ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރަށް ބަލައިގެން މަހަކު ދޭންޖެހޭ 5،700ރ. ދޭން ޖެހޭނެއެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކުން އެންމެ ކުޑަވެގެން 8،000ރ. ދޭން ޖެހޭއިރު ބޮޑެތި ވިޔަފާރިތަކުން 10،200ރ. ދޭން ޖެހޭނެއެވެ.

އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައެއް ނާޅައެވެ.

މިނިމަމް ވޭޖް ބޯޑުން ފާސްކޮށްފައިވާ އުސޫލުގައިވާ ގޮތުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ މުސާރައިގެ 70 އިންސައްތަ އަސާސީ މުސާރައަށް ވާން ޖެހޭނެއެވެ. އަދި ވަޒީފާދޭ ފަރާތުން ކެއުމާއި ހުރުން ހަމަޖައްސައިދޭ ނަމަ، އެއިން ކަމަކަށް ހޭދަވާނެ ވަރު މިނިމަމް ވޭޖްގެ ތެރެއަކަށް ނުލެވޭނެއެވެ.

އެ ބޯޑުން ނިންމި ނިންމުމަށް އަމަލު ކުރާނީ އިކޮނޮމިކް މިނިސްޓަރު އެ ނިންމުން ފާސް ކުރުމުންނެވެ. މި ނިންމުން އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top