ސާފް ޗެމްޕިއަންޝިޕްގެ މާދަމާ ރޭ ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.
“ބޯޅަ ކޮބާ” ގެ ނަމުގައި ކުރިއަށްގެންދާ މި ލަކީޑްރޯގައި އުރީދޫގެ ޓްވިޓާ އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯގައި ބޯޅަ އޮތްތަން ދިމާކުރުމަށްފަހު ރިޕްލައި ކުރާ ކޮންމެ މީހަކަށް ބައިވެރިވެވޭނެއެވެ. ރިޕްލައި ކުރާއިރު #OoredooSAFFChampionship2021 ޓެގު ކުރަން ޖެހޭނެއެވެ.
މި ލަކީޑްރޯގައި ބައިވެރިވާން ޖަވާބު ފޮނުވޭނީ މިއަދު ހަވީރު 4:00 ޖަހަންދެންނެވެ.
ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 9:00ގައެވެ.
އުރީދޫ އަކީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރެވެ.






