ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތެޔޮ ސަޕްލައި ކުރުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.
މި އެއްބަސްވުން އާކޮށް ސޮއިކޮށްފައި ވަނީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓޫވާޑްސް އެވެ. މި އެއްބަސްވުމުގެ ދަށުންއެއާޕޯޓަށް ބޭނުންވާ ޖެޓް އޭ 1 ފިއުލް އަދި މެރިން ގޭސް އޮއިލް އެސްޓީއޯއިން ފޯރުކޮށްދޭނެއެވެ.
ވީއައިއޭއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ފޯރުކޮށްދެމުން އަންނަނީ އެސްޓީއޯއިންނެވެ. މިކަަމަށް ގިނަ އަހަރުތަކެއް ވެފައި ވާއިރު، އެގްރީމެންޓް އާ ކުރުމަާއެކު އިތުރު އެއް އަހަރާއި ހަ މަސްދުވަހަށް އެސްޓީއޯއިން ތެޔޮ ސަޕްލައި ކޮށްދޭނެއެވެ.
ކައްދޫ އާއި ކާޑެއްދޫ އަދި ހަނިމާދޫ އެއާޕޯޓުގައި އޭވިއޭޝަން ރިފިއުލިން ހިދުމަތްވެސް ދެނީ އެސްޓީއޯއިންނެވެ.






