Close

މާވަށު ގެއަކުން ކަރަންޓު ކެނޑީ އުސޫލާ އެއްގޮތަށް: ފެނަކަ

ލ. މާވަށު ”އާފަރު“ ގޯތިން ކަރަންޓު ކަނޑާލީ ގަވާއިދާއި އުސޫލުތަކާ އެއްގޮަތަށް ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ދެވުނު ފުރުސަތުތަކުގައި ވެސް އެ ގޭގެ ވެރިފަރާތުން ފައިސާ ނުދައްކާ ކަމަށެވެ. އެގޮތުން މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އެންމެ ފަހުގެ ފުރުސަތު ދީގެންވެސް ފައިސާ ނުދެއްކުމުން އުސޫލާ އެއްގޮތަށް ކަރަންޓު ކަނޑާލީ ކަމަށް ފެނަކައިން ބުންޏެވެ.

މި ކަމުގައި ގާނޫނީ ބަހުސެއްވެސް ނުއުފެދޭ ކަމަށް ފެނަކައިން ބުންޏެވެ.

”މިކަމާ ގުޅިގެން ގޯތީގެ ވެރިފަރާތުން، މިކުންފުނިން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ޝަރުއީ ކޯޓެއް މެދުވެރިކޮށް، ވަގުތީ އަމުރެއްގެ ދަށުން ދާއިމީ ފަރުވާއެއް ލިބޭނެ ގާނޫނީ ބަހަނާއެއް ހޯދުމުގެ ބޭނުމުގައި، ލ.މާވަށުމެޖިސްޓރޭޓް ކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 2015/SC-SJ/06 (25 ޖޫން 2015) ”ރިޓް އޮފް ޕްރޮހިބިޝަން“ އަށް ހަވާލާދެއްވައި، 06 އޮކްޓޯބަރ 2021 ވަނަ ދުވަހު އެކޯޓުން ނިންމަވައި ހުކުމް ކުރައްވާފައިވާތީ، ވަގުތީގޮތުން ހިދުމަތް ކަނޑާލި ކަނޑާލުމާމެދު މިވަގުތަށް ގާނޫނީ ބަހުސެއް އުފެދިފައި ނުވޭ“. ފެނަކައިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އެކުންފުނިން ބުނީ، ދެވޭ ހިދުމަތްތަކަކީ ހުރިހާ ފަރާތްތަކަށް ހަމަ ހަމަ ކަމާއެކު އަމަލުކުރެވިގެން ދެވޭ ހިދުމަތްތަކަކަށް ވެފައި، ހިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ފޯރުކޮށްދެވޭނީ، އެއްބަސްވެވިފައިވާ އުސޫލުތަކާއެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކޮށްގެން ކަމަށެވެ. އެހެންކަމުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކުންވެސް، ކަނޑައަޅައި އެއްބަސްވެވިފައިވާ އުސޫލުތަކާއެއްގޮތަށް އަމަލުކުރުމަަށް ފެނަކައިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top