Close

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފައިވަނީ ނިޔާވެފައިވަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 97 އަހަރުގެ ފިރިހެނެއްް ކަމަށެވެ. އަދި އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 07:50 ހާއިރު ކަމަަށް އޭއީއެޗް އިން ބުނެފައިވެ އެވެ.

މިއީ އައްޑޫގައި ކޮވިޑް ޖެހިގެން މަރުވި 4 ވަނަ މީހާއެވެ.

ކޮވިޑް-19 ގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރިޕޯޓުކުރެވޭ ކޭސްތަކުގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެހެންނަމަވެސް އައްޑޫ ސިޓީގެ ކޮވިޑް ހާލަތު ރަނގަޅުވަމުން ނުދާތީ އެ އަތޮޅުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިހާރުވެސް 1500 އަށް ވުރެ ގިނަ މީހުން ދަނީ އެ އަތޮޅުގައި ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.

މިއާއި އެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 233 އަށް އަރާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top