Close

މިއަދުން ފެށިގެން އުރީދޫން އައިފޯން 13 ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑާ ކުރެވޭނެ

މިއަދުން ފެށިގެން އައިފޯން 13 ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑާ ކުރެވޭނެ ކަމަށް އުރީދޫން ވިދާޅުވެއްޖެއެވެ.

އާ ކުލަތަކާއި އެކު އެންމެ ފަހުން ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތައް އެޕަލް އިން ދައްކާލާފައިވަނީ މިދިޔަ މަހުގެ 14 ގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ވާޗުއަލް އިވެންޓެއްގައެވެ. އަދި 24 ގައި ވަނީ ބާޒާރަށް ނެރެފައެވެ.

އެޕަލް އައިފޯން 13 ސީރީޒްގައި ހިމެނޭ މޮޑެލްތައް:

އައިފޯން 13 މިނީ

އައިފޯން 13

އައިފޯން 13 ޕްރޯ

އައިފޯން 13 ޕްރޯ މެކްސް

އާ އޭ15 ބައޮނިކް ޗިޕާއި އެކު 5ޖީ ވެސް ހިމެނޭ އައިފޯން 13 ސީރީޒްގެ ފޯނުތަކުގެ ކެމެރާ އަށް ބަދަލުތަކެއް ގެނެވިފައިވާއިރު، ކޮލިޓީ ރަނގަޅު ވީޑިއޯ ނެގޭނެ ސިނަމެޓިކް މޯޑްވެސް ވަނީ އާ އައިފޯނާ އެކު ތައާރަފް ކޮށްފައެވެ.

އެހެން އައިފޯންތަކާ ހިލާފަށް އައިފޯން 13 ގެ އިންޓާނަލް ސްޓޯރޭޖް ފަށަނީ 128 ޖީބީ އިންނެވެ. އަދި ޕްރޯ މޮޑެލްތަކުގައި 1 ޓީބީގެ ސްޓޯރޭޖުގެ އިތުރުން، ޕްރޯމޯޝަން ސުޕާ ރެޓީނާ ޑިސްޕްލޭވެސް ހިމެނެއެވެ.

އުރީދޫން ބުނީ މިއަދުން ފެށިގެން އުރީދޫ މޫލީ ވެބްސައިޓް މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ. އަދި ގިނަ ކަސްޓަމަރުން މިހާރުވެސް ޕްރީއޯޑާ ކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޫލީން އައިފޯން 13 ސީރީޒްގެ ފޯނުތައް ޕްރީއޯޑާ ކުރެވޭ އަގުތައް:

އައިފޯން 13 މިނީ (128 ޖީބީ): 16،599ރ.

އައިފޯން 13 (128 ޖީބީ): 18،899.01ރ.

އައިފޯން 13 ޕްރޯ (256 ޖީބީ): 25،799ރ.

އައިފޯން 13 ޕްރޯ މެކްސް (256 ޖީބީ): 28،199ރ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top